ތުހުމަތު

ޝާހިދު ކަނޑު ވިއްކާލިތަ؟

ޖަވާބު

މިނިވަން ކޮންމެ ގައުމަކަށް ވެސް އިގްތިސާދީ ހާއްސަ ސަރަހައްދުގެ (EEZ)ގެ ގޮތުގައި 200 މޭލުގެ ސަރަހައްދެއް ލިބެއެވެ. މޮރިޝަސް އަށް ޗާގޯސްގެ ރަށްތައް ލިބުމުން، އެ ޤައުމުން އިން ނަގަން ފަށާނެ ތަނެއް ކަނޑައަޅައި، މިން ނެގިއިރު ރާއްޖޭގެ އީއީޒެޑްގެ 200 މޭލުގެ ތެރެއިން ބައެއް މޮރިޝަސް އަށް ލިބެއެވެ. އިނގިރޭސިންގެ އިސްތިއުމާރީ ބާރުގެ ދަށުގައި ޗާގޯސް އޮތް އިރު އެމީހުން މި މިނެއް ނާޅައެވެ. ނަމަވެސް މިއީ މިނިވަން ކޮންމެ ޤައުމަކަށް ލިބިދޭ ޙައްޤެއް ކަމުން، މިން އަޅާ އިން ފާހަގަ ނުކުރި ނަމަވެސް އީއީޒެޑް ފުށު އަރާނަމަ ދެ ޤައުމުގެ ދެމެދުގައި ޖެހޭނީ އެއް ހަމައަކުން ބަހާށެވެ.

އިޤްތިޞާދީ މަންފާ ހާސިލް ކުރުމަށް ބައިނަލްއަޤްވާމީ ޤާނޫނުން ހުއްދަދޭ 200 މޭލަކީ އެޤައުމެއްގެ ސަރަހައްދީ ކަނޑެއް ނޫނެވެ. އަދި އެއީ ޤައުމެއްގެ ސަރަހައްދީ އިމެއްވެސް ނޫނެވެ. އެއީ ހަމައެކަނި އިޤްތިޞާދީ މަންފާ ހާސިލް ކުރަން ހުއްދަ ދެވިފައި ކަނޑުން އޮންނަ ސަރަހައްދެކެވެ.

ދެ ޤައުމު ކައިރީގައި އޮތުމުން، ދެ ޤައުމުގެ އީއީޒެޑް ސަރަހައްދު ފުށުއެރުމުން، އެ ސަރަހައްދުގެ ގޮތުގައި އޮތް 92،563 އަކަ ކިލޯމީޓަރު ދެ ޤައުމުގެ ދެމެދުގައި ބަހަން ޖެހެއެވެ. ކޮންމެ ޤައުމަކަށް 200 މޭލު ލިބޭ ވަރަށް ދުރުގައި ދެ ޤައުމު އޮވެއްޖެ ނަމަ، މި ގޮތަށް ބަހާކަން ނުޖެހޭނެއެވެ.

މޮރިޝަސް އާއި ރާއްޖެއާއި ދެމެދު އުފެދުނު މައްސަލައަކީ 200 މޭލުގެ ސަރަހައްދު ކަނޑައެޅުމަށް މޮރިޝަސް އިން، މިން ނަގަން ފެށި ތަނުގެ މައްސަލައެވެ. އެމްޑީޕީ ސަރުކާރުން ބައިނަލްއަޤްވާމީ ކޯޓަށް؛ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ގޮސް، މޮރިޝަސް އާއި ދެކޮޅަށް ދައުވާ ކުރީ މޮރިޝަސް އިން 200 މޭލު ބެލުމަށް ފަށަން ޖެހޭ ޕޮއިންޓް އޮޅުވާލައިގެން ފެށުމާއި ގުޅިގެން އެކަމާއި ދެކޮޅަށެވެ. އެ މައްސަލަ ކޯޓުން ނިންމީ ރާއްޖެއަށް ފައިދާ ވާގޮތަށް ރާއްޖެއަށް ކަނޑުގެ ބޮޑު ސަރަހައްދެއް ލިބޭ ގޮތަށް، ރާއްޖެއާއި އެއްކޮޅަށެވެ. މޮރިޝަސް އާއި ދެކޮޅަށެވެ.

އެމްޑީޕީ ސަރުކާރުން މޮރިޝަސް އާއި ދެކޮޅަށް ކޯޓަށް ނުގޮސް، މޮރިޝަސް ބޭނުންވި ގޮތަށް އެމީހުން ބޭނުން ތަނަކުން 200 މޭލުގެ މިން ނަގަން ކަނޑަޖަހަން ފުރުޞަތު ދިން ނަމަ، ކަނޑުން ބައެއް ގެއްލުވާލި ކަމަށް ބުނެވިދާނެއެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން އެކަމާއި ކަނޑައެޅިގެން ދެކޮޅު ހަދައި މޮރިޝަސް ގޮވައިގެން ކޯޓަށް ގޮސް، ކޯޓުން މައްސަލަ ކާމިޔާބުކޮށް ގެއްލުމުގެ ފުރުޞަތު އޮތް ކަނޑު ރާއްޖެއަށް ހޯދައި ދިނުމުން، ޤައުމަށް އެލިބުނު ކާމިޔާބީއާއި ފަޚުރު ހަޖަމް ނުކުރެވިގެން ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައިގެން އެމްޑީޕީ ސަރުކާރުގެ އިސްވެރިން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލީ ކަމަށް ބުނެ އޭރުގެ ޕީޕީއެމް އިން ދޮގު ވާހަކަ ފަތުރައި ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލިއެވެ.

28 އޭޕްރީލް 2023 ވަނަ ދުވަހު ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން: ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު ކަމަށެވެ.

މިއީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ހެކިތައް

2
ޚަބަރު
01

ރާއްޖެ-ޗާގޯސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލަ ރާއްޖޭން ކާމިޔާބުކޮށް، ބޮޑު ބައި ހޯދައިފި

ރާއްޖެ-ޗާގޯސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލަ ރާއްޖޭން ކާމިޔާބުކޮށް، ބޮޑު ބައި ހޯދައިފި
ދައުރު
ފޮޓޯ
02

ރާއްޖެ-މޮރިޝަސް އިގްތިސާދީ ސަރަހައްދު ބަހަން ނިންމި ގޮތުގެ ޗާޓް

ރާއްޖެ-މޮރިޝަސް އިގްތިސާދީ ސަރަހައްދު ބަހަން ނިންމި ގޮތުގެ ޗާޓް (މެޕް). މި ޗާޓުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައި ނުވާކަން ސާފުކޮށް އެނގެން އެބައޮތް. އަދި އެޓްލޮސް އިން ކަނޑު ބަހާފައިވަނީ ބައިނަލްއަޤްވާމީ އުސޫލުގެ ތެރެއިންކަން ވެސް ސާފުކޮށް އެނގެން އެބައޮތް. އެހެން ކަމުން ކަނޑު ވިއްކާ ނުލާކަން ސާފުކޮށް އެނގޭ. އަދި އީއީޒެޑް އަކީ އެގޮތަށް ހިބަކަށް ބަޔަކަށް ވިއްކޭނެ ގޮތަކަށް އޮތް އެއްޗެއްވެސް ނޫން.

ރާއްޖެ-މޮރިޝަސް އިގްތިސާދީ ސަރަހައްދު ބަހަން ނިންމި ގޮތުގެ ޗާޓް (މެޕް). މި ޗާޓުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައި ނުވާކަން ސާފުކޮށް އެނގެން އެބައޮތް. އަދި އެޓްލޮސް އިން ކަނޑު ބަހާފައިވަނީ ބައިނަލްއަޤްވާމީ އުސޫލުގެ ތެރެއިންކަން ވެސް ސާފުކޮށް އެނގެން އެބައޮތް. އެހެން ކަމުން ކަނޑު ވިއްކާ ނުލާކަން ސާފުކޮށް އެނގޭ. އަދި އީއީޒެޑް އަކީ އެގޮތަށް ހިބަކަށް ބަޔަކަށް ވިއްކޭނެ ގޮތަކަށް އޮތް އެއްޗެއްވެސް ނޫން.

މައިނަލްއަޤްވާމީ މީޑިޔާ