ތުހުމަތު

ބޭރުން ލިބުނު ކާޕެޓެއް ގެއަށް ގެންދިޔަތަ؟

ޖަވާބު

މިއީ ދިޔަރެސް ނޫހުން އޭރުގެ އެމްޑީޕީ ސަރުކާރާއި ގުޅުވައި ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ހެދި ދޮގުތަކުގެ ތެރެއިން ދޮގެކެވެ. މިކާޕެޓް އެއަޕޯޓުން ސީދާ ގެނެވިފައިވަނީ ފޮރިންގ މިނިސްޓްރީއަށެވެ. އޭސީސީއިން ވަނީ ސީސީޓީވީ ފްޓޭޖް މެދުވެރިކޮށް އެކަން ކަށަވަރުކޮށްފައެވެ. އަދި އެ ކާޕެޓް ފޮރިންގ މިނިސްޓްރީއިން އެއްވެސް ތަނަކަށް ގެންގޮސްފައި ނުވާކަން ވެސް ސީސީޓީވީ ފްޓޭޖް ތަކުން ޔަޤީން ކުރެވިފައިވެއެވެ.

މި މައްސަލާގައި އެއްވެސް އިރެއްގައި ކާޕެޓް ފޮރިންގ މިނިސްޓްރީއިން ގެންގޮސްފައި އޮތްތޯ ބަލައި ދިނުމަށް ޢަބްދުﷲ ޝާހިދު އެދިގެން އޭސީސީއިން ވަނީ ސީސީޓީވީ ބަލާފައެވެ. އަދި އެއްވެސް ކޮރަޕްޝަނެއް ނެތްކަން ތަޙްޤީގަށް ސާބިތުވެފައިވާކަމަށް އޭސީސީއިން ނިންމިއެވެ.

ހެކިތައް

4
ވީޑިއޯ
01

ރާއްޖެޓީވީ ހެނދުނު ހެނދުނާގައި ޢަބްދުﷲ ޝާހިދާއި ދެއްކެވި ވާހަކަ

ރާއްޖެޓީވީ ހެނދުނު ހެނދުނާގައި ޢަބްދުﷲ ޝާހިދާއި ދެއްވި އިންޓަވިއުގައި ކާޕެޓް މައްސަލަ އާއި ގުޅިގެން ސުވާލު ކުރުމުން މިކަމުގައި ކަން ހިނގާފައިވާގޮތް ސާފު ކޮށްދިން.

ފޮޓޯ
02

އިންފޮމޭޝަން ކޮމިޝަނަރު މިނިސްޓްރީއަށް ވަޑައިގަތް ކާޕެޓް އޮތްކަން ޔަގީންކޮށްފި

އިންފޮމޭޝަން ކޮމިޝަނަރު މިނިސްޓްރީއަށް ވަޑައިގަތް ކާޕެޓް އޮތްކަން ޔަގީންކޮށްފި
ސަން އޮންލައިން
ފޮޓޯ
03

އިންފޮމޭޝަން ކޮމިޝަނަރު ކާޕެޓް އޮތްކަން ޔަގީންކޮށް ކޮށްފައިވާ ޓްވީޓް

އިންފޮމޭޝަން ކޮމިޝަނަރު ކާޕެޓް އޮތްކަން ޔަގީންކޮށް ކޮށްފައިވާ ޓްވީޓް
އެކްސް
ޚަބަރު
04

ކާޕެޓް އޮތީ މިނިސްޓްރީގައި، ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސީސީ

ކާޕެޓް އޮތީ މިނިސްޓްރީގައި، ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސީސީ
އައްޑޫ ލައިވް